ދުބާއީން: މުހައްމަދު ސިމާއު/ ވަން އޮންލައިން
މި އެރުނީ ދުބާއީގެ އެންމެ ރީތި އަދި ދުނިޔޭގެ އެންމެ އުސް އެއް ހޮޓާ, ބްރުޖު އަލް އަރަބުގެ ހަތްވަނަ ބުރިއަށެވެ. ރަން ކޯޓުގެ ތަނބުތަކުން ޖަރީވެފައިވާ މި ހަތް ތަރީގެ މި ހޮޓަލުގެ އަލް ފަލަކް ބޯލްރޫމަސް ވަދަގެން އައި އިރު ތަން އޮތީ އެއްކޮށް ފުރިފައެވެ. އަދިވެސް މީހުން އަންނަމުންދަނީއެވެ. މިއީ މުޅިންވެސް ރާއްޖެއަށް ޝައުގުވެރިކަން ހުރި ދުނިޔެއާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނެވެ. ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ނުވަތަ ކުރުމުގެ ފުރުސަތުތަކަށް އެދޭ މަހުޖަނުންނެވެ.
ރާއްޖޭގެ އިގުތިސާދު ނަގައި ކޮޅަށް ޖަހަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން ބާއްވާ ދެވަނަ އިންވެސްޓްމަންޓް ފޯރަމް މި ފަހަރު ބޭއްވީ ދުބާއީގައެވެ.
ދައުވަތު ދީގެންނާއި ބުކިން ހަދައިގެން ދުނިޔެއާއި ރާއްޖޭގެ 190 އަށްވުރެ ގިނަ ކުންފުނިން 250 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވާ މި ފޯރަމް ފައްޓަވައިދެއްވީ ރައީސް މުއިއްޒެވެ.
ފޯރަމްގައި ސަރުކާރުން ވަނީ އިންވެސްޓަރުންނަށް 18 މަޝްރޫއެއް ދައްކާލައިފައެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ބައެއް މަޝްރޫއުތަކަކީ:
- 15 ޑޮމެސްޓިކް އެއާޕޯޓް މަޝްރޫއު
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެވަނަ ފިޔަވަހި މަޝްރޫއު
- ގިރާވަރު – ތިލަފުށި ބްރިޖު މަޝްރޫއު
- ތިލަފުށީގައި ހަދާ މާލެ ކޮމާޝަލް ޕޯޓް ޕްރޮޖެކްޓް
- އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ އިކޮނޮމިކް ގޭޓްވޭ މަޝްރޫއު
- ރަސްމާލެ މަޝްރޫއު
- ގެދޮރުވެރިކަމާއި ފުޑް ސެކިއުރިޓީގެ މަޝްރޫއުތައް
- ހާއްސަ އިގުތިސާދީ ޒޯންތައް
- ދުނިޔޭގެ ފެންވަރުގެ ސްކޫލް އޮފް ހޮސްޕިޓޭލިޓީ މަޝްރޫއު
- ތިނަދޫ- ކާޑެއްދޫ ލިންކް ޕްރޮޖެކްޓް
ޚަބަރު
ޚަބަރު
ޚަބަރު