ސައުތު އޭޝިއާގެ އެންމެ ބޮޑު ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ރިކޮގްނިޝަންކަމުގައިވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ މި އަހަރުގެ އެޑިޝަންއަށް ނަން ހުށަހަޅަން ހުޅުވާލައިފިއެވެ.

އޮންލައިންކޮށް ނަން ހުށަހެޅުމުގެ ފުރުސަތު ސަޓާއިން މިހާރު ހުޅުވައިލާފައިވާ އިރު، ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ ދިހަ ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.

ސަޓާއިން ވަނީ މި އަހަރު އިތުރު ދެ އެވޯޑެއް ތައާރަފުކޮށްފައެވެ. އެއީ ވިޒިޓާސް ޗޮއިސް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑެވެ.

ސަޓާ އެވޯޑްސްއަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގައުމުތައް ހިމެނޭ ގޮތަށް 17 ފަރާތަކުން އެންޑޯޒްކޮށްފައިވާ އެވޯޑެކެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޓާޓޯ އާއި އެމްއެމްޕީއާރްސީ އާއި އެންބީއޭއެމް ހިމެނެއެވެ.

  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓުއަރިޒަމް (އޭޕީޓީ)
  • އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަންސް، އިންޑިއާ (އޭޓީޓީއޯއައި)
  • އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އޭޓީއޭ)
  • ކޮލަމްބޯ ޗެމްބަރ އޮފް ކޮމާސް (ސީސީސީ)
  • ކޮންފެޑެރޭޝަން އޮފް އެކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ސީއޭޓީއޯ)
  • ފެޑެރޭޝަން އޮފް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އޮފް ސްރީލަންކާ (އެފްސީސީއައިއެސްއެލް)
  • ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް ބޫޓާން (އެޗްއާރްއޭބީ)
  • ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖަރު ކްލަބް (ކޭއެޗްޖީއެމްސީ)
  • ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)
  • މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  • ނޭޕާލް ޓޫރިޒަމް ބޯޑް (އެންޓީބީ)
  • ސްރީލަންކާ އެސޯސިއޭޝަން އޮފް އިންބައުންޑް ޓުއާ އޮޕަރޭޓާސް (ސްލައިޓޯ)
  • ދަ ހޮޓެލްސް އެސޯސިއޭޝަން އޮފް ސްރީލަންކާ (ޓީއޭއެސްއެލް)
  • ހޮޓެލް އެސޯސިއޭޝަން ނޭޕާލް (ހާން)
  • ބަންގްލަދޭޝް އިންޓަނޭޝަނަލް ހޮޓެލް އެސޯސިއޭޝަން (ބީއައިއެޗްއޭ)
  • ޓްރެވަލް އެޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާ (ޓީއޭއޭއައި)

ސަޓާ އެވޯޑް ހަފުލާގެ ތެރެއިން ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ ޓްރެންޑްތައްވެސް ދައްކައިލާނެއެވެ.

ސަޓާއަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. ސަޓާ އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުންނެވެ.

މިދިޔަ އަހަރުގެ ސަޓާ އެވޯޑްގައި ރާއްޖެއަށް ވަނީ 17 ސިލްވާ އެވޯޑް އަދި 14 ގޯލްޑް އެވޯޑް ލިބިފައެވެ. އަދި ދެކުނު އޭޝިއާގެ ޓޫރިޒަމް ސިނާއަތުގެ ފޭސްގެ ގޮތުގައި ސަޓާއިން ހޮވާފައިވާ ހަތަރު މީހުންގެ ތެރޭގައި ރާއްޖޭގެ މުހައްމަދު އަލީ ޖަނާހާއި އެމްޔޫ އުމަރު މަނިކް ހިމެނެއެވެ.