އައްޑޫ ސިޓީގައި ހުންނަ ޒޯން ސްޓޭޑިއަމް މަރާމާތު ނުކޮށްދިން މައްސަލައިގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު، ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެ ސްޓޭޑިއަމްގައި މިހާރު ކުރިއަށް ގެންދާ އިންޓަ ސްކޫލް އެތްލެޓިކްސް މީޓް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނިޒާރު ވިދާޅުވީ، އެ ސްޓޭޑިއަމް މަރާމާތުނުކޮށް އޮންނަތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ދަވާދުކޮޅެއްގެ މިންވަރުވެސް ހާކައިލައިފައި ނުވާ ކަމަށެވެ.
"މިދިޔަ ސަރުކާރުގައި އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން، މި ސްޓޭޑިއަމް އަކީ އައްޑުއަށް ލިބިފައިވާ އަގު ބޮޑު މުދަލަކަށްވާ އިރު، މިތަން ވީރާނާވުމަށް ދޫނުކޮށް މިތަން މަރާމާތު ކުރުމަށް. އެހެން ނަމަވެސް އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރު ނިމިގެން ދިޔަކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން،" ނިޒާރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ، އިންޓަ ސްކޫލް އެތްލެޓިކްސް މީޓް ބާއްވަން ތައްޔާރުވި އިރު، މި ސަރުކާރުން ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅައި އެ ސްޓޭޑިއަމް މަރާމާތުކޮށްދީފައިވާ ކަމަށާއި އެކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއުއަށް ޝުކުރު ދަންނަވާ ކަމަށެވެ.
ކުރީ ސަރުކާރަށް ނިޒާރު ފާޑުވިދާޅުވެފައިވާ އިރު، އޭނާއަަކީ، އެމްޑީޕީއަށް ނިސްބަތްވާ މޭޔަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު