ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރު، މުލިޔާގެއަށް ބަދަލުވެވަޑައިގެންފިއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން މުލިޔާގެޔަށް ބަދަލުވެޑައިގަތީ، ރައީސް މިހާރު ކުރައްވަމުންގެންދަވާ ތ. އަތޮޅު ދަތުރުފުޅުގެ ކުރީންނެވެ.
ނިމިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހުވެސް ދިރިއުޅުއްވަމުންގެންދެނީ އެ މަނިކުފާނުގެ އަމިއްލަ ގެކޮލު ހ. ދިމްޔާތުގައެވެ. އެއީ މުލިޔާގޭގެ ބައެއް މަރާމާތު ކުރަންޖެހިފައި ހުރުމުންނެވެ.
މުލީއާގެ ބިނާކޮށްފައި ވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައެވެ. 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަގުތީ ގޮތުން ދިރިއުޅުއްވީ މުލީއާގޭގައެވެ.
އޭގެފަހުން 2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވީ މުލީއާގޭގައެވެ.
މިދިޔަ ސަރުކާރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ނޮވެމްބަރު 10އާ ހަމައަށް ހުންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާއަކު ހުންނަވާ ގެކޮޅަކީ، ސަލާމަތީ ގޮތުން ވަކި މިންގަނޑުތަކެއް ފުރިހަމަ ވާން ޖެހޭ ތަނެކެވެ. މި މިންގަނޑުތައް ކަނޑައަޅައި، ތަންފީޒުކުރުން ގާނޫނުން މަތިކޮށްފައި އޮންނަނީ ގައުމީ ދިފާއީ ބާރަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު