ދިވެހި ސަރުކާރުން ގެންނަމުންދާ މާލީ އިސްލާހުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މަރުހަބާ ކިޔައިފިއެވެ.

އައިއެމްއެފްގެ ހާއްސަ ވަފުދަކުން ރާއްޖެ އަށް ޒިޔާރަތްކޮށް އެކި ދާއިރާތަކަށް ބައްދަލު ކުރުމަށްފަހު ނެރުނު އިކޮނޮމިކް ޑިވްލޮޕްމަންޓް އައުޓްލުކް ހަތަރު ވަނަ އަދަދުގައި އެންމެ ބޮޑަށް ފާހަގަކޮށް، މަރުހަބާ ކިޔާފައިވަނީ ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅުކޮށް އިގުތިސާދު ހަރުދަނާ ކުރަން ސަރުކާރުގެ އިދާރާތަކުން އަޅަން ފަށާފައިވާ ފިޔަވަޅުތަކަށެވެ.

އެގޮތުން ސަބްސިޑީ އާއި އާސަންދަ ނިޒާމު ހަރުދަނާކޮށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ހާއްސަ ކުރަން ސަރުކާރުން ނިންމާފައިވުމާއި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އިސްކަންދޭނެ ތަރުތީބެއް އެކުލަވާލުމަށް ސަރުކާރުން ނިންމާފައި ނިންމުމަށް އަދި ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އައިއެމްއެފް އިން ފާހަގަކޮށްފައިވެއެވެ.

އައިއެމްއެފުގެ އިކޮނޮމިކްސް ޕިޔާޕޯން ސޮޑްސްރިވިބޫން އިސްކޮށް ހުންނަވައި ނެރުއްވި އެ ރިޕޯޓުގައިވާ ރާއްޖޭގެ އިގްތިސޯދު މިހާރު ވެއްޓިފައިވާ ވަޅުގަނޑަކަށް ވެއްޓުމުގެ އަސްލު ކަމަށްވާ ފައިސާ ޗާޕު ކުރުން ހުއްޓާލަން ނިންމާފައިވާތީ އެ ނިންމުމަށް ދިވެހި ސަރުކާރަށް މަރުހަބާ ކިޔާފައިވެއެވެ.

އެ ރިޕޯޓުގައިވާ ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަށްފަހު ރާއްޖޭގެ އިގުތިސޯދު ރަނގަޅުވަމުންދާއިރު، 2022 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 13.9 ޕަސެންޓަށް ފުޅާވިއެވެ. އަދި 2023 ވަނަ އަހަރު 4.4 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރި އިރު، ޓޫރިސްޓުން އައުން އިތުރުވާނެތީ އިގުތިސާދު 5.4 ޕަސެންޓް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް މި އަހަރު ހުޅުވަން ކުރަމުންދާ މަސައްކަތާއެކު ހޮޓެލްތަކުގެ އެކޮމަޑޭޝަން ކެޕޭސިޓީ އިތުރުވުމަކީ ރާއްޖޭގެ އިގުތިސާދަށް އަންނާނެ އިތުރު ކުރިއެރުމެއްކަން ފާހަގަކޮށްފައިވެއެވެ.