ތ. ގުރައިދޫން (ޢަލީ، ޔާމީން، ވަން އޮންލައިން)
މި ރަށުގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކުރައްވައިފިއެވެ.
ރައީސް މިހާރު މި އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މި ރަށަށް ވަޑައިގެން މި ރަށުގެ ކައުންސިލާއެކުގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ، މަސްވެރިންނަށް ބާނާ މަހުގެ އަގު ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ.
މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވަނީ، މަސްވެރިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް އެ މަނިކުފާނު ކަންތައްތަކެއް ކަނޑައަޅުއްވައި، އިއްޔެގެ ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރައްވާފައިވާނެ ކަމަށެވެ.
މި ރަށުގައި މަހަށް ފުރާ ތިން ދޯނި އޮވެއެވެ.
މި ރަށު ކައުންސިލުން ވަނީ މި ރަށުގެ މަގުތަކުގެ މައްސަލަ އާއި ސިއްހީ ދާއިރާގައި ހުރި ގޮންޖެހުންތައްވެސް ހިއްސާކޮށްފައެވެ. އެކަމާ ގުޅިގެން ރައީސް ވަނީ، މި ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު