މި އަހަރުގެ އުރީދޫ ކަރަންޑަރާއެކު ތައާރަފު ކުރި "އަތޮޅު ދުވުން" ގޭމް ކުޅެގެން ސެމްސަންގް ގެލެކްސީ އެސް24 އަލްޓްރާ ފޯނެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.
އުރީދޫން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަތޮޅު ދުވުން ގޭމްގެ މި މަހުގެ އަަޕްޑޭޓާ އެކު ލީޑާ ބޯޑު ތައާރަފުކޮށްފައިވާ ކަމަށާއި މިހާރު އެ ގޭމްގެ ލީޑާ ބޯޑުން އެންމެ މަތީ ޕޮއިންޓު ލިބޭ ފަރާތްތައް ފެންނަން ހުންނާނެ ކަމަށެވެ.
އެ ކުންފުނިން މިއަދު ބުނީ އަތޮޅު ދުވުމުގެ ޕާޓްނަރަކަށް ސެމްސަންގް ހަމަޖެހިފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން، މި މަސް ނިމޭއިރު ލީޑާ ބޯޑުގެ އެއްވަނައަށް ދާ މީހަކަށް ސެމްސަންގް ގެލެކްސީ އެސް24 އަލްޓްރާ ފޯނެއް ލިބޭނެ ކަމަށެވެ.
އުރީދޫގެ އަތޮޅު ރަން ގޭމަކީ 12 ލެވެލް އެއް ހިމެނޭ ގޭމެކެވެ. ކޮންމެ މަހަކު އާ ލެވެލްއެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އަދި އެ ކުންފުނީގެ މި އަހަރުގެ ކަލަންޑަރުގައި ސިއްރު އާޓްވޯކްތަކެއް ހިމަނާފައިވާ އިރު، ގޭމްގެ ތެރެއިން އެ އާޓްވޯކު ހޯދައިގެން ބޯނަސް ލެވެލެއް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.
މި މަހުގެ އަޕްޑޭޓާ އެކު އިތުރުވި ލެވެލްގައި ފެނިގެންދާނީ ހދ. ކުޅުދުއްފުށި ކަމަށް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު