ދިރާގުން ކުރިއަށް ގެންދާ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެއެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ޕްރޮމޯޝަން ފަށާފައި ވަނި މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ދިރާގުގެ ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބާ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެއެވެ.

މިހާރުވެސް ދިރާގު ބޭނުންކުރާ ކަސްޓަމަރުންނާއި އާ ކަސްޓަމަރުންނަށްވެސް ޝަރުތު ހަމަވާ ނަމަ އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭއިރު، ބައިވެރިވާން ޖެހެނީ https://winatesla.dhiraagu.com.mv/services ޕޯޓަލް މެދުވެރިކޮށެވެ. ޝަރުތު ހަމަވާ ކަސްޓަމަރުން އެ ޕޯޓަލަށް ވަނުމަށްފަހު ޕްރޮމޯޝަނުގައި ބައިވެރިވާން ޖެހެނީ މޯބައިލް ނަމްބަރު ނުވަތަ ފައިބާ ބްރޯޑްބޭންޑް ނަންބަރު ޖަހައިގެންނެވެ.

މިދިޔަ ހަފުތާ ދިރާގުން ވަނީ އެ ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ދޭ ޓެސްލާ ކާރު ދައްކާލައިފައެވެ.

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާ އިރު، އެ ކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެ ފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.