ރާއްޖޭގެ 11 ސްކޫލެއްގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް، ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން މިއަދު ފަށައިފިއެވެ.

ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެގޮތުން ސްކޫލުތަކުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށަން ތައްޔާރުވަމުންދާ ކަމަށާއި ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭ އެ މާއްދާ ރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި ހިމަނައި، މި އަހަރުގެ ދިރާސީ އާ އަހަރު ކިޔަވައިދޭން ފަށަން ނިންމާފައިވަނީ މި މަހުގެ ދިހަ ވަނަ ދުވަހު ބޭއްވި ސޯޝަލް ކައުންސިލް ބައްދަލުވުމުގައެވެ.

ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ގައުމިއްޔަތު ކިޔަވައިދޭން ފެށީ މާލޭގެ ހަތަރު ސްކޫލެއްގައި އަތޮޅުތެރޭގެ ހަތް ސްކޫލެއްގައެވެ.

  • 1- ސަލާހުއްދީން ސްކޫލް،
  • 2- ތާޖުއްދީން ސްކޫލް
  • 3- ކަލާފާނު ސްކޫލް
  • 4- މުހްޔިއްދީން ސްކޫލް
  • 1- ބ. އަތޮޅު ތައުލީމީ މަރުކަޒު
  • 2- ޅ. އަތޮޅު ތައުލީމީ މަރުކަޒު
  • 3- ވ. އަތޮޅު ތައުލީމީ މަރުކަޒު
  • 4- މަގޫދޫ ސްކޫލް
  • 5- އަބޫބަކުރު ސްކޫލް
  • 6- ހިތަދޫ ސްކޫލް
  • 7- މުހައްމަދު ޖަމާލުއްދީން ސްކޫލް