އިނގިރޭސިވިލާތަށް ނިސްބަތްވާ ތެޔޮ ޓޭންކަރަކަށް ހޫތީން ހަމަލާ ދީފިއެވެ.
ގަލްފް ކަނޑުން ދަތުރުކުރަމުންދިޔަ، އިނގިރޭސިވިލާތަށް ނިސްބަތްވާ އެ ތެޔޮ ޓޭންކަރަށް ދިން ހަމަލާގެ ޒިންމާ ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން ވަނީ ނަގާފައެވެ.
މިދިޔަ ހުކުރު ދުވަހު އެ ތެޔޮ ޓޭންކަރަށް ހޫތީން ހަމަލާ ދީފައިވަނީ އެމެރިކާގެ މިލިޓަރީން ދިން ހަމަލާއެއްގައި ހޫތީން ފޮނުވާލި މިސައިލެއް ގޮއްވާލި ކަމަށް ބުނެ އެމެރިކާގެ އޮފިޝަލުން އިއުލާންކުރިތާ ގިނައިރުތަކެއް ނުވަނީހެވެ.
ހޫތީން އިނގިރޭސި ތެޔޮ ޓޭންކަރަށް ދިން ހަމަލާގެ ބަދަލުގައި ހޮނިހިރުދުވަހު އެމެރިކާގެ ފައުޖުތަކުން ވަނީ ޔަމަނުގައި ހުންނަ ހޫތީންގެ މަރުކަޒުތަކަށް މިސައިލު ހަމަލާތަކެއް ދީފައިކަމަށް އޮފިޝަލުން ބުނެއެވެ.
ފަލަސްތީނުގެ ހަނގުރާމަވެރީންނަށް ތާއީދުކޮށް ގަލްފު ކަނޑުން އިސްރާއީލަށް ނިސްބަތްވާ އަދި އިސްރާއީލަށް ވަފާތެރި ގައުމަކުގެ ބޯޓުތަކަށް ހޫތީން ހަމަލާ އަމާޒުވާއިރު އެކަމުން ރައްކާތެރިކުރުމަށް އެމެރިކާ އިސްވެ އޮވެ ވަނީ ކޯލިޝަނެއް ހަދައި ގަލްފު ކަނޑު ހިމެނޭ ސަރަހައްދު ބަލަން ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ