ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިވެނިބައްލަވައިގެންފިއެވެ.

ނަޝީދުގެ ގާތް ބޭފުޅަކު "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި ނަޝީދު ކައިވެނި ބައްލަވައިގެންނެވީ ޝައިހް ރުޝްދީއަށް ކާފަ ވިދާޅުވާ ބޭފުޅެއް ކަމުގައިވާ ޔުމްނާ ރުޝްދީއާއެވެ.

އެ ދެ ބޭފުޅުން ކައިވެނި ބައްލަވައިގެންފައިވަނީ ސްރީލަންކާގައި އިއްޔެގެ ވަގުތެއްގައެވެ.

ރައީސް ނަޝީދު ކުރިން ކައިވެނިބައްލައިވައިގެން އުޅުއްވީ ލައިލާ އަލީ އަބްދުﷲއާ އެވެ. އެ ކައިވެނި މީގެ ދެތިން އަހަރުކުރިން ރޫޅުނު އިރު އެ ކައިވެންޏަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.