ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަކިކުރި ފަސް ޑިރެކްޓަރުންގެ ތެރެއިން ދެ ބޭފުޅަކު އަލުން ބޯޑަށް އައްޔަންކޮށްފިއެވެ.

ކުރީ ސަރުކާރުގައި ބީއެމްއެލްގެ ބޯޑަށް އައްޔަންކުރި ފަސް މީހަކު މަގާމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ފަސް މީހުންނަކީ:

  • ޔޫޝައު ސައީދު - ޗެއާމާން
  • ޖުވޭރިޔާ ސައީދު
  • މުހައްމަދު ޝަރާހު
  • އަބްދުﷲ ހަސަން
  • އައިޝަތު ސަޖުނީ

"ވަން" އަށް ޔަގީންވެފައިވާ ގޮތުގައި އޭގެ ތެރެއިން ދެ މީހަކު މިއަދު ވަނީ އަލުން ބޯޑަށް އައްޔަން ކޮށްފައެވެ. އެގޮތުން، އައްޔަންކޮށްފައި ވަނީ އަބްދުﷲ ހަސަންއާއި އައިޝަތު ސަޖުނީއެވެ.

އެކަމާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އަށް ފޯނުން ގުޅުމުން ޖަވާބު ދީފައިނުވާތީ އެ ބޯޑުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

  • ކާލް ސްޓުމްކަ - ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ
  • އައިޝަތު ނޫރައްދީން - ޑެޕިއުޓީ ސީއީއޯ
  • އަބްދުﷲ ނަސީމް - އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު
  • އިބްރާހިމް މުހައްމަދު - އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު
  • އަހުމަދު މުހައްމަދު - އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު