ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަސް ޑިރެކްޓަރަކު މަގާމުން ވަކިކޮށްފިއެވެ.

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު "ވަން" އަށް މިރޭ ވިދާޅުވީ، ބޭންކުގެ ފަސް ޑިރެކްޓަރަކު މަގާމުން ވަކިކުރަން މިއަދުގެ ވަގުތެއްގައި ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.

  • ޔޫޝައު ސައީދު - ޗެއާމާން
  • ޖުވޭރިޔާ ސައީދު
  • މުހައްމަދު ޝަރާހު
  • އަބްދުﷲ ހަސަން
  • އައިޝަތު ސަޖުނީ

އެ ފަސް ބޭފުޅުންނަކީ ކުރީ ސަރުކާރުގައި ބީއެމްއެލްގެ ބޯޑަށް އައްޔަންކުރެއްވި ބޭފުޅުންނެވެ.

އެ ބޭފުޅުން މަގާމުން ވަކިކުރުމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޕީސީބީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން، ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ޑިރެކްޓަރުންގެ މަގާމުން ފަސް ބޭފުޅަކު މަގާމުން ވަކިކުރެއްވުމުން މިހާރު ބޭންކުގެ ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވީ ވެސް ފަސް ބޭފުޅެކެވެ.

  • ކާލް ސްޓުމްކަ - ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ
  • އައިޝަތު ނޫރައްދީން - ޑެޕިއުޓީ ސީއީއޯ
  • އަބްދުﷲ ނަސީމް - އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު
  • އިބްރާހިމް މުހައްމަދު - އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު
  • އަހުމަދު މުހައްމަދު - އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު