މާލޭގައި ވެހިކަލް ދުއްވޭނެ ލިމިޓެއް ކަނޑައެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާ މޭޔަރު، އާދަމް އާޒިމްދު ވިދާޅުވީ މާލޭގައި ވެހިކަލް ދުއްވޭނެ ވަކި އަދަދެއް ކަނޑައަޅަން ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީއާއެކު އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ އެކަމާ ގުޅިގެން މިހާރު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ހޯމް މިނިސްޓަރު އިހުސާންއާއެކު މިހާރު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ އަދަދު ކަނޑައެޅޭނެ ކަމަށް އަޅުގަނޑުމެން މި އުންމީދު ކުރަނީ" އާޒިމް ވިދާޅުވިއެވެ.
މޭޔަރުކަމުގެ ކެމްޕެއިންގައި ދޮރުން ދޮރަށް ހިންގެވިއިރު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގަރާޖު ސިޓީއާއި ޕާކިން ލޮޓްތަކުގެ މައްސަލަކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެކަމަށްވެސް އެދެވޭ ހައްލުތަކެއް ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތް ފަސޭހަ ދިރުއުޅުމެއް ހޯދައިދިނުމަށް ކުރާ ކޮންމެ ކަމެއްްގައި އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށާއި މުހިންމީ ކަން ކޮށްދިނީ ކާކުތޯ ނުބަލައި އެކަން ވުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު