ރީޖަނަލް އެއާޕޯޓުތަކުގެ އިމަޖެންސީ ތަމްރީނުތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އިން ބުނެފިއެވެ.
އާރްއޭސީއެލުން އިއްޔެ ނޫސްތަކަށް ފޮނުވި ބަޔާނެއްގައި ބުނީ އެ ތަމްރީނުތަކަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ކަންތައްތައް ބަލަހައްޓާ އިންޓަނޭޝަނަލް އެޖެންސީ ކަމަށްވާ އައިކާއޯއިން ހުރިހާ އެއާޕޯޓަކަށް އަހަރަކު 1 ފަހަރު ހިންގުމަށް މަތިކޮށްފައިވާ އިމަޖެންސީ ތަމްރީނުތަކެއް ކަމަށެވެ.
އެގޮތުން، އެ ތަމްރީނުތަކަކީ އިމަޖެންސީ ހާލަތެއް ދިމާވެއްޖެ ހާލަތެއްގައި އެއާޕޯޓާއި އެ އެއާޕޯޓެއް ހިމެނޭ ސަރަހައްދުގައިވާ ގުޅުން ހުރި މުއައްސަސާ ތަކުން އަމަލުކުރާނެ ގޮތްތަކާއި އުސޫލުތައް މުރާޖައާ ކުރުމުގެ މަގުސަދުގައި ކުރާ ތަމްރީނުތަކެއް ކަމަށް އާރްއޭސީއެލުން ބުންޏެވެ.
އެ ތަމްރީނުތަކުގައި އެއާޕޯޓުތަކުގެ އިތުރުން ކައުންސިލުތަކާއި ފުލުހުންނާއި އެމްއެންޑީއެފް އަދި ހެލްތު ސެންޓަރުތައް ބައިވެރިވާނެ ކަމަށްވެސް އާރްއޭސީއެލުން ބުނެއެވެ.
އެ ތަމްރީނުތައް ބާއްވާނެ ދުވަހެއް އާރްއޭސީއެލުން އަދި ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު