ޝައުރީ ރުގްޔާގެ ނަމުގައި ފަންޑިތައިގެ އެހީ ލިބިގަތުމަކީ ހަރާމް ކަމެއް ކަމުގައި ފިގްހު އެކަޑަމީން ބުނެފިއެވެ.
އެ އެކެޑަމީން އުއްޔެ ނެރުނު ފަތުވާގައި ބުނީ، މި ފަހަކަށް އައިސް ރާއްޖޭގެ ހަބަރު ފަތުރާ ބައެއް ވަސީކަތްތަކުން އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ސިހުރު ހެދުމާ ބެހޭ ގޮތުން ރައްޔިތުންނަށް އެކަން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ.
އެ ކަމުގެ ސަބަބުން އިސްލާމްދީނުގެ ސާފުތެދުމަގުން ރައްޔިތުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނެ ކަމަށާއި އެހެންވެ، އެފަދަ ތަކެތި ހަބަރު ފަތުރާ ވަސީލަތްތަކުން ނުފޮނުވުމަށް އެ އެކަޑަމީން ވަނީ އިލްތިމާސްކޮށްފައެވެ.
"އަދި އެފަދަ މީހުންގެ ގާތަށް ގޮސް ރުގްޔާ ޝަރުއިއްޔާގެ ނަމުގައި ފަންޑިތައިގެ އެހީ ލިބިގަތުމަކީ ހުއްދަވެގެންނުވާ ހަރާމް ކަމަކަށްވާތީ ދިވެހި ރައްޔިތުން އެފަދަ މީހުންގެ ގާތަށް ނުދިއުމަށްވެސް ފިހްގު އެކަޑަމީން އިލްތިމާސްކުރަމެވެ،" އެކަޑަމީގެ ފަތުވާގައިވެއެވެ.
ސިހުރުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. ރުގްޔާގެ ނަމުގައި ސިހުރު ހަދާ އަދި ފަންޑިތަ ހަދާ ބައެއް މީހުން މީގެ ކުރިން ހައްޔަރުކޮށްފައިވެސް އެބަހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު