އިންޑިގޯ ފަސެންޖަރަކު ޕައިލެޓަށް ހަމަލާދީފިއެވެ.

ދިއްލީ އިން ގޯއާ އަށް ދާން ތައްޔާރުވެފައި އޮތް އިންޑިގޯ ފްލައިޓު ޑިލޭވާނެ ކަން އިއުލާން ކުރުމަށް ފްލައިޓުގެ ކޯޕައިލެޓް މަސައްކަތް ކުރުމުން އެމީހާ ވަނީ އޭނާއަށް ހަމަލާ ދީފައެވެ.

އިންޑިގޯ އިން ވަނީ ފްލައިޓް ނަމްބަރު 6އީ 2175 ޑިލޭވުމާ އެކު އެމީހާ ވަނީ ފްލައިޓު ތެރޭގައި ހަޅޭލަވައި ފްލައިޓު ޑިލޭވާނަމަ ދޮރު ހުޅުވުމަށް ބުނެފައެވެ.

ހާދިސާ އަށްފަހު އިންޑިގޯ އިން ވަނީ ސަލާމަތީ ފަރާތްތަކުގެ އެހީގައި އެމީހާ ބޯޓުން ބާލައި އެމައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ.

އެއެއާލައިން އިން ވަނީ އެހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައިފައެވެ.

އިންޑިއާގެ ދިއްލީ އެއާޕޯޓުގެ ވައި ނުސާފުވެ ދުރު ނުފެންނަ މައްސަލަ ކުރިމަތިވެ އެއެއާޕޯޓުން ދަތުރުކުރާ ފްލައިޓުތައް ވަނީ ޑިލޭވާން ފަށައިފައެވެ.