މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ "ކަށަވަރު ޕްރޮމޯ 2023"ގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

އެމްޓީސީސީި ކަށަވަރު ޝޯރޫމްގައި މިއަދު ނެގި ގުރުއަތުގެ "ކަށަވަރު ޕްރޮމޯ 2023"ގެ ނަސީބުވެރިޔަކީ އަހްމަދު އާރިމްއެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ލިބުނީ އެއްލައްކަ ރުފިޔާގެ އަގުހުރި ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެކެވެ.

އޭގެ އިތުރުން އެ ޕްރޮމޯގެ މުއްދަތުގެ ތެރޭގައި އެމްޓީސީސީން ވިއްކާ ސުޒުކީ އަދި ޔަންމާ އިންޖީނާއި، ޔަންމާ ޖެންޓްސްއާއި ސްޕެއާ ޕާޓްސްއާއި، ސްކޮޓް ބޭޑާ ރެސިންއާއި، ޕިގްމެންޓްސްއާއި، އިންޑަސްޓްރިއަލް ގޭހާއި، ސްޓާން އައިޓަމްސްއާއި، ސްކޮޓް ބޭޑާ ޖެލްކޯޓްސް އަދި އެކްސަސަރީޒްއާއި، މެރޯލް އަދި ލިބްރިކަންޓްސްއަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

އެ ޕްރޮމޯޝަން އަމާޒުކުރީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނިއަރުންނާއި، ފަތުރުވެރިކަމާއި ޓްރާންސްޕޯޓުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އަދި މާލެއާއި އަތޮޅުތަކުގައި ވެސް އެ ޕްރޮމޯގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހާއްސަ ޑިސްކައުންޓުތަކަކާއެކު އެމްޓީސީސީގެ ކަށަވަރު ޕްރޮމޯ މިއަހަރު ކުރިއަށްގެންދިޔައީ މިދިޔަ ނޮވެމްބަރު 1 އިން ޑިސެމްބަރު 31ގެ ނިޔަލަށެވެ. އެ ޕްރޮމޯގައި 5000 ރުފިޔާއިން ފެށިގެން މަތީގެ ވިޔަފާރިތަކަށް ކޫޕަނެއް ލިބުނެވެ.