އަފްގާނިސްތާނަށް 6.3 މެގްނިޓިއުޑު ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން އަފްގާނިސްތާނު ގަޑިން 14:20 ހާއިރު އެ ބިންހެލުން އައީ ހިންދޫ ކުޝް ސަރަހައްދަށެވެ.

އެ ބިންހެލުމުގެ އަސަރު ޕާކިސްތާނާއި އިންޑިއާއަށްވެސް ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. އެގޮތުން އިންޑިއާގެ ދިއްލީއާއި ޕާކިސްތާނުގެ ލާހޯރު ސަރަހައްދާއި ކަޝްމީރަށްވެސް އަސަރު ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.