ބަންގްލަދޭޝްގައި ހުންނަ ރޮހިންޔާ ކޭމްޕެއްގައި ރޯވެ 7000 މީހަކު ހާލުގައި ޖެހިއްޖެއެވެ.
ބަންގްލަދޭޝްގައި ހުންނަ ރޮހިންޔާ ރެފިއުޖީ ކޭމްޕުގައި އާދިއްތަ ދުވަހު ހިނގި އެ ހާދިސާގައި އެ ކޭމްޕުގެ 800 ފޭލިގެ އަނދައި ހުލިވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ކޭމްޕުގައި ދިރިއުޅޭ 7000 މީހަކު ބޯހިޔާވަހިކަން މަހުރޫމުވެ ހާލުގައި ޖެހިފައިވާކަމަށް ބުނެފައެވެ.
އދ ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ވަނީ އެ ކޭމްޕްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މީހުން ދިރިއުޅޭ ފޭލިގޭގެ އިތުރުން 120 އެހެނިހެން ތަންތަން އަނދައިގެންގޮސްފައިވާކަމަށް ބުނެފައެވެ. އެ އިދާރާއިން ވަނީ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ބޮޑެތި ގެއްލުން ވެފައިވާކަމަށް ބުނެފައެވެ.
2017 ވަނަ އަހަރުން ފެށިގެން މިޔަންމާގައި ހިނގަމުންގެންދާ ހަނގުރާމައިން ސަލާމަތްވުމަށް މިލިއަނަކަށްވުރެ ގިނަ މީހުން ކޭމްޕުތަކުގައި ދިރިއުޅޭކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ