ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމުގައި މި ވަގުތު ހުންނެވުމަކީ މާތް ﷲ ދިވެހި ގައުމަށް ދަރުމަ ކުރެއްވި ވަރަށް މަތިވެރި ނިއުމަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އިފުތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ހަފުލާގައި ޝަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވަޑައިގެންނެވި ވަގުތަކީ ރާއްޖޭގެ އިސްލާމީ ޝަހްޝިއްޔަތާއި ގައުމީ ބަހާތައް އިތުރަށް ވަރުގަދަ ކުރަން ޖެހިފައި އޮތް އަދި ރާއްޖޭގެ ގައުމީ ފޭރާން އަލުން ވިޔަން ޖެހިފައި އޮތް ވަގުތެއް ކަމަށެވެ.
"މިއީ ﷲ އައްޒަ ވަޖަލް ދިވެހި އުއްމަތަށް، ދިވެހި ގައުމަށް ދަރުމަ ކުރެއްވި ވަރަށް މަތިވެރި ނިއުމަތެއް. މި ވަގުތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒައާމަތުގައި ހުންނެވުމަކީ. މި ހާލަތަކީ މިއީ ތާރީހީ ފަތްފުށްތަކަށް ނަޒަރު ހިންގާލާއިރުގައި ކޮންމެ އުންމަތަކަށްވެސް 100 ފަހަރުން އެއްފަހަރު އަންނަ ފުރުސަތެއް. ގައުމީ ފޭރަމާއި ޝަހުސިއްޔަތު އަލުން އިޔާދަ ކުރުމުގެ ފުރުސަތެއް،" ޝަހީމު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބަދަލުހިފުމާއި ހަސަދަވެރިކަމާއި ރުޅިވެރިކަން ނެތިކޮށްލުމަށް ކުރާ މަސައްކަތްތަކުގައި މުޅި ގައުމު އެކަތިގަނޑަކަށްވެ އެކަމުގައި ރައީސް ޑރ. މުއިއްޒު ކުރިއަށް އަޅުއްވާ ފިޔަވަޅުތަކުގައި ސާބިތުކަމާއި އެކި ރައްޔިތުންވެސް ތިބެންޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު