ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި ހަތަރު މީހުން މަރުވެއްޖެއެވެ.
ޖަޕާނުގެ މެދުތެރެއަށް އިއްޔެ ރެކްޓާ މިންގަނޑުން 7.6 މެގްނިޓިއުޑްގައި އައި ބާރުގަދަ ބިންހެލުމާއެކު އެ ގައުމުގެ ހުޅަނގު އައްސޭރިފަށަށް ގާތްގަނޑަކަށް އެއް މީޓަރު އުސްމިނުގެ ސުނާމީއެއް ވަނީ އަރައިފައެވެ. އެ ސުނާމީގައި އެ ސަރަހައްދަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ޖަޕާނުގެ އިތުރުން އަވަށްޓެރި ދެކުނު ކޮރެއާއަށްވެސް ސުނާމީގެ އަސަރު ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބިންހެލުމުގެ ސަބަބުން ޖަޕާނުގެ ދިހަ ހާހަށްވުރެން ގިނަ ގެއަށް ބޮޑެތި ގެއްލުންވެ، ލައްކައަކަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ