ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ވަރުގަދަ ސުނާމީއެއް އަރާނެ ކަމުގެ އިންޒާރު އެ ގައުމުގެ މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ދީފިއެވެ.
ދަ ޖަޕާން ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ޖަޕާނުގެ ސެންޓްރަލް ސަރަހައްދަށް އެ ބިންހެލުން އައިސްފައިވަނީ ރިކްޓާ މިންގަނޑުން 7.4 މެގްނިޓިއުޑެވެ. މިއީ ޖަޕާނުން ބަލާ މިންގަނޑުގެ އެންމެ ބާރުމިން ކަމަށްވާ 7 މެގްނިޓިއުޑަށްވުރެވެސް ބާރުގަދަ ބިންހެލުމެކެވެ.
އެއާއެކު ބިން ހެލުން އައި ސަރަހައްދަށް 16.5 ފޫޓުގެ ސުނާމީއެއް އަދި އެ ސަރަހައްދާ ކައިރި ސަރަހައްދުތަކަށް .33 ފޫޓުގެ ސުނާމީއެއް އަރާނެކަމަށް ލަފާކޮށް އިންޒާރު ދީފައިވާއިރު، ޖަޕާނުގެ އިޝީކަވާއާއި ނީގާތާއާއި ޓޮޔޯމާ އަދި ޔަގާމާތާ ސަރަހައްދުގެ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ފަށައިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ބިންހެލުމާއެކު އިތުރު ލޮޅުންތަކެއްވެސް އައިސްފައިވާ ކަމަށެވެ. އެގޮތުން ޖަޕާނުގެ އެކި ސަރަހައްދުތަކުން އިތުރު 11 ލޮޅުން ރެކޯޑުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ