މިއަދުން ފެށިގެން 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ޕެކެޓް ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސްޕާރީ (ސުޕާރީ އަޅާފައި ހުންނަ ޕްލާސްޓިކް ފުޅި) ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާވާނެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިއަދުން ފެށިގެން ޕްލާސްޓިކް ފުޅީގައި ސުޕާރީ އާއި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅު މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާވި ނަމަވެސް، އެ ދެ ބާތް ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ މި އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.
އޭގެ އިތުރުން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، އެތެރެކުރުމާއި އުފެއްދުން މި އަހަރުގެ އޮގަސްޓް މަހު މަނާކުރަން ނިންމާފައިވާއިރު، އެ ތަކެތި ބާޒާރަށް ނެރުން މަނާކުރަން ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހަށްފަހުއެވެ. އަދި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އެތެރެކުރުމާއި އުފެއްދުން މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރަން ވަނީ ނިންމައިފައެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރާއްޖެއަށް އެތެރެކުރުމަށާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކް ބާވަތްތައް މަނާކުރުމަށް ފުރަތަމަ ނިންމަވާފައި ވަނީ ކުރީގެ ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޚަބަރު
ޚަބަރު
ޚަބަރު