ދުނިޔޭގެ ރެކޯޑެއް ހެދުމަށް 126 ގަޑިއިރު ވަންދެން ލަވަ ކިޔައިފިއެވެ.

ގާނާގެ އަފުއާ އަސަންތެވާ ނަމަކަށް ކިޔާ އެ އަންހެން މީހާ ވަނީ 126 ގަޑިއިރާއި 52 މިނެޓު ވަންދެން ލަވަ ކިޔައިފައެވެ. އޭނާ އެކަން ކުރީ ހާއްސަ ހަރަކާތެއްގެ ބާއްވައިގެންނެވެ.

ރެކޯޑް ހެދިި އިރު އަފުއާއަށް ހަމަ އެކަނި ހުސް ވަގުތުކޮޅެއް ލިބެނީ ކޮންމެ ގަޑިއަކުން ފަސް މިނެޓު ނުވަތަ ކޮންމެ ފަސް ގަޑިއިރަކުން 20 މިނެޓެވެ.

މީގެ ކުރިން ނުހުއްޓައި އެންމެ ގިނަ އިރު ލަވަ ކިޔުމުގެ ރެކޯޑް އޮތީ އިންޑިއާގެ ލަވަކިޔުންތެރިއާ ސުނިލްގެ އަތުގައެވެ. އޭނާ އެ ރެކޯޑް ހެދީ 2012 ވަަނަ އަހަރު 105 ގަޑިއިރު ވަންދެން ލަވަ ކިޔައިގެންނެވެ.

އަފުއާ ހެދި ރެކޯޑް މިހާރުވަނީ ދުނިޔޭގެ ރެކޮޑް ފޮތަށް ހުށަހަޅައިފައެވެ.