ދިރާގު މައިއެކައުންޓް ހިދުމަތާއެކު ދިރާގު ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު އޮންލައިންކޮށް އެކި ހިދުމަތްތަކަށް އެޕްލައިކޮށްލައި ހުރިހާ ހިދުމަތްތަކެއް އެއް ތަނަކުން މެނޭޖުކުރެވޭނެއެވެ.
ދިރާގު މައިއެކައުންޓް މެދުވެރިކޮށް ކަސްޓަމަރުން އެންމެ ގިނައިން ހޯދާ ބައެއް ހިދުމަތްތަކަކީ:
• ޕޯސްޓްޕެއިޑް ނުވަތަ ފައިބަ ބްރޯޑްބޭންޑް ޕެކޭޖް ބަދަލުކުރުން: ދިރާގު މައިއެކައުންޓް މެދުވެރިކޮށް މޮބައިލް ޕޯސްޓްޕެއިޑް ޕްލޭން ނުވަތަ ފައިބަ ބްރޯޑްބޭންޑް ޕެކޭޖް އަޕްގްރޭޑް ނުވަތަ ޑައުންގްރޭޑް ކޮށްލެވޭނެއެވެ.
• އަ ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނެއް ނެގުން: އަ ދިރާގު ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށް މިހާރު ފަސޭހަ ކަމާއެކު މައިއެކައުންޓް މެދުވެރިކޮށް އެކަން ކުރެވޭނެއެވެ.
• ބްލޭންކް ސިމް އެކްޓިވޭޓްކުރުން: މިހާރު ދިރާގު ޕަޓްނާޝޮޕުން ގަންނަ ބްލޭންކް ސިމް ކާޑް އެކްޓިވޭޓް ކުރުމަށް ކޮންމެތާކު ހުރެވެސް ދިރާގު މައި އެކައުންޓް މެދުވެރިކޮށް ރިކުއެސްޓް ކުރެވޭނެއެވެ.
• ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ލޮކޭޝަން ބަދަލުކުރުން: އެއް އިމާރާތުން އަނެއް އިމާރާތަށް ނުވަތަ އެއް އިމާރާތެއްގެ ތެރޭގައިވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ލޮކޭޝަން ބަދަލުކުރަން ބޭނުންނަމަ މިހާރު ފަސޭހަ ކަމާއެކު ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެކަމަށް ހުށަހެޅޭނެއެވެ.
• ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލުން: ރާއްޖެއިން ބޭރަށް ދިގު މުއްދަތަކަށް ދަތުރުކުރާނަމަ މައިއެކައުންޓް މެދުވެރިކޮށް ފަސޭހަ ކަމާއެކު ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މެދުކަނޑާލެވޭނެއެވެ. ހިދުމަތް މެދުކަނޑާލަން ބޭނުންވާ މުއްދަތެއް އިހުތިޔާރު ކުރުމަށްފަހު ހިދުމަތަށް އެޕްލައި ކުރެވޭނެއެވެ.
މީގެ އިތުރުންވެސް މައިއެކައުންޓް މެދުވެރިކޮށް، ތަފާތު ބިލިން އެކައުންޓްތަކުގެ ޕޯސްޓްޕެއިޑް، ފައިބާ ބްރޯޑްބޭންޑް ބިލް ދެއްކުން، ޕްރީޕެއިޑް ނަންބަރުތައް ރީޗާޖްކޮށް އަދި އެކި އެޑް-އޮންސްވެސް ނެގޭނެއެވެ. މައި އެކައުންޓް މެދުވެރިކޮށް އެޕްލައިކުރާ ހިދުމަތްތަކުގެ ސްޓޭޓަސްވެސް ބަލާލެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު