ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑީރެކްޓަރަކަށް އައްޔަންކޮށްފިއެވެ.

މުޣުނީ އެ މަގާމަށް އައްޔަންކުރި ދުވަހެއް ސާފެއް ނުފެއެވެ. ނަމަވެސް އެމްޓީސީސީގެ ވެބްސައިޓުގައި ޑީއެމްޑީގެ ގޮތުގައި މުޣުނީ ވަނީ ހިމަނައިފައެވެ.

މިދިޔަ ސަރުކާރުގައި ސްޓެލްކޯގެ އެމްޑީގެ މަގާމުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އޭނާ އަދާކުރައްވާފައި ވެއެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އެކުލަވައިލެއްވި އިރު، އައްޔަންކުރެއްވި މެންބަރުންގެ ތެރޭގައި މުޣުނީ ހިމެނެއެވެ.

ނަމަވެސް އޭގެ ފަހުން ރައީސް މުއިއްޒު ޕީސީބީ އަލުން އެކުލަވާލައްވާފައިވާ އިރު، އެ ލިސްޓުގައި މުޣުނީ ނުހިމެނެއެވެ. މުޣުނީ އެ މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެއެވެ.