އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ) އަކަށް އަހުމަދު އިބްރާހީމް ހަމަޖައްސައިފިއެވެ.
އަހުމަދު އިބްރާހީމް އެ މަގާމަށް އައްޔަންކުރިކަން އާބްންކޯއިން އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ވަނީ އެކުންފުނީގެ ބޯޑުން އެކަން ނިންމައި، އޭނާ ވަޒީފާއަށް ނުކުންނަންވެސް އަންގައިފައެވެ.
އަހުމަދު އިބްރާހީމް އަކީ ދިޔަރެސް ނޫހުގެ ކޯ ފައުންޑާއެކެވެ.
މަގާމަށް އައްޔަނުކުރުމާ ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އެންމެ އިސްކަމެއް ދެއްވާނީ ވޭތުވެ ދިޔަ ފަސް އަހަރު އާބަންކޯ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ބެއްލުވުމަށް ކަމަށެވެ.
"ދިވެހި އެންމެހާ ރައްޔިތުންގެ ދިރިއުޅުމާއި ކުރިމަގާއި ގުޅިފައިވާ ހުޅުމާލޭގެ ހުރިހާ ބިންތައް އެއްކޮށް ވެރިކަން ނިމުމުގެ ކުރިން ކަޅު ފައިސާގެ ދަހިވެތިކަމުގައި ބަހައިލުމަކީ ބޮޑު ޖަރީމާއެއް" އެ ޕޯސްޓުގައި އޭނާ ވިދާޅުވިއެވެ.
އަހުމަދު އިބްރާހީމް އަކީ ޝަރުއީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އޮފިސަރަކަށް ހުންނެވި އިރު، 2021 ވަނަ އަހަރު އޭނާ މަގާމުން ވަކި ކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ޓްވީޓުތަކެއް ކުރި މައްސަލައެއްގައެވެ. ނަމަވެސް ޑީޖޭއޭއިން ބުނީ އޭނާ މަގާމުން ވަކިކުރީ ޝަރުއީ ދައިރާގެ މުވައްޒަފުންގެ ކޯޓް އޮފް ކޮންޑަކްޓާ ހިލާފުވުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު