ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، އެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސް މުއިއްޒު، ރައީސް ވަހީދާ ބައްދަލުކުރެއްވި އިރު، އިއްޔެ ވަނީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމާ ވެސް ބައްދަލުކުރައްވައިފައެވެ. އަދި މީގެ އިތުރުން މިދިޔަ ހަފުތާގައި ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާވެސް ބައްދަލު ކުރައްވައިފައެވެ.
އެގޮތުން މިދިޔަ ހަފުތާގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާ އެމަނިކުފާނު ވަނީ ބައްދަލު ކުރައްވައިފައެވެ.
ނަމަވެސް އެ ބޭފުޅުންގެ ބައްދަލުވުންތަކުގައި ކުރެއްވި މަޝްވަރާތަކާ ބެހޭ މައުލޫމާތުތަކެއް ހާމައެއް ނުކުރައްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު