މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ)އިން "ސިމެންޓް ސަޕްލަޔާ އޮފް ދި އިޔާ" އެވޯޑު ވިލާ ހަކަތައަށް ދީފިއެވެ.
މަސީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެވޯޑު ދިނުމަށް، ހޮޓަލް ޖެންގައި ރޭ ވަނީ ޖަލްސާއެއް ބާއްވައިފައެވެ. ވިލާ ހަކަތައަށް އެ އެވޯޑު ދީފައިވަނީ އެ ޖަލްސާގައެވެ.
އެ އެވޯޑު، ވިލާ ހަކަތައާ ހަވާލުކޮށްދެއްވީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުއެވެ. އަދި ވިލާ ހަކަތައިގެ ފަރާތުން އެވޯޑާ ހަވާލުވީ އެ ކުންފުނީގެ ޑިރެކްޓާ އޮފް ސޭލްސް ބާސިލް ނަފީސެވެ.
ވިލާ ހަކަތައަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސިމެންތި އުފައްދާ، ސިމެންތީގެ ހޯލްސޭލް ވިޔަފާރިކުރާ ކުންފުންޏެކެވެ. ވިލާ ހަކަތައިން ބުނެފައިވަނީ އެ ކުންފުނިން މަސައްކަތް ކުރަނީ އިމާރާތްތަކުގެ އުމުރު ދިގުކޮށްދޭ ފަދަ މޮޅު ކޮލެޓީގެ ސިމެންތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ސިމެންތީގެ އިތުރުން ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ)، ތެޔޮ، ޝެލް ލުބްރިކެންޓްސް، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އެހެނިހެން އިންޑަސްޓްރިއަލް އުފެއްދުންތައް ވެސް ވިލާ ހަކަތައިން ވިއްކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު