އާ އަހަރާ ދިމާކޮށް ބޭންކު ބަންދުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
ބީއެމްއެލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިމަހުގެ 31 ވާ އަންގާރަ ދުވަހުގައި ބޭންކުގެ ބްރާންޗުތައް ބަންދުވާނެ ކަމަށެވެ. އަދި ދެން ހުޅުވޭނީ މި ފެށޭ މަހުގެ 2ގައި ކަމަށް ބުންޏެވެ.
އެ މުއްދަތުގައިވެސް އިންޓަނެޓް ބޭންކިންއާއި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ވެބް ޗެޓާއި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީ ފޯރުކޮށްދޭ އިރު، ކޮންޓެކްޓް ސެންޓަރުގެ ނަމްބަރު 3330200 އަށް ވެސް ގުޅޭނެ ކަމަށް ބުންޏެވެ.
އެއާއެކު ބޭންކުން ވަނީ ކަސްޓަމަރުންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު