ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާސްޓާ ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ހަފުތާއަކު އައިފޯން 15އެއް ލިބޭ ޕްރޮމޯޝަނެއް ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ، އެ ބޭންކުގެ މާސްޓާ ކާޑު ބޭނުންކުރައްވާ ކަސްޓަމަރުންނަށް މިއަދުން ފެށިގެން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އެ ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރި ވެވޭނީ މަދުވެގެން 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އައިފޯން 15 ޕްރޯއެއް ލިބޭނެއެވެ.
ބީއެމްއެލްގެ މާސްޓާކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.
މި ޕްރޮމޯޝަން ކުރިޔަށްގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ 24 ގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު