ހދ. ކުޅުދުއްފުށި ސީޓިން އިތުރު ދެ މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްވެއްޖެއެވެ.
ބައިނަލްއަގުވާމީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މި މަހުގެ އެއްވަނަ ދުވަހު އަދި ދެވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި އެކި ބަލިތަކަށް ސްކްރީން ކުރުމުގެ ތެރެއިން 17 މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހުއެވެ.
ކުޅުދުއްދުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގެ މީޑިއާ ސޮފިޝަލު މުހައްމަދު މޫސާ މިއަދު "ވަން" އަށް ވިދާޅުވީ އިތުރު ދެ މީހުން ޕޮޒިޓިވްވީ އެ ރަށުގައި ތިބި ބިދޭސީންގެ ކިބައިން އެ ބަލި ފެނުމުން އިތުރު ބިދޭސީންގެ ކިބައިގައި ބަލި ހުރިތޯ ބަލަން ހެދި ޓެސްޓުތަކުން ކަމަށެވެ. އަދި އެ މީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ މިއަދު ހެނދުނު ކަމަށްވެސް ވިދާޅުވިއެވެ.
މުހައްމަދު ވިދާޅުވީ މި ވަގުތު ޓެސްޓު ކުރަމުންދަނީ އެ ރަށުގައި ތިބި ބިދޭސީން އެކަނި ކަމަށާއި އެއަށްފަހު އާންމު ރައްޔިތުންވެސް ފައިލޭރިއާއަށް ޓެސްޓު ކުރާނެ ކަމަށެވެ. ފައިލޭރިއާ ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭހާއި ފަރުވާ ފޯރުކޮށްދެމުންދާ ކަމަށާއި އެ މީހުންގެ ފަރާތުން ބަލީގެ ބޮޑު އަލާމާތެއް ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައިލޭރިއާއަކީ ރާއްޖޭން ނައްތާލާފައިވާ ބައްޔަކަށްވާއިރު، އެޗްޕީއޭއިން ބުނާ ގޮތުގައި ކުޅުދުއްފުށިން އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އެ ބަލި އުޅޭ ސަރަހައްދުތަކުން އައި މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު