ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތައް މަނާކޮށްފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާ ތެރޭގައި އިސްލާމިކް މިނިސްޓްރީން ވަނީ ބަރަހަނާ ސައިޓުތައް ބްލޮކްކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް އަންގައިފައެވެ.
އެނގިފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ބައެއް ބަރަހަނާ ވެބްސައިޓުތައް ކޭމްއިން ވަނީ ބްލޮކްކޮށްފައެވެ.
ބަރަހަނާ ވެބްސައިޓުތައް ބްލޮކްކޮށްފައިވާކަން ކޭމްއިން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އާއި ކޭމްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު