ޓްރީޓޮޕް ހޮސްޕިޓަލުން މަލްޓި ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާ މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް ޅ. އަތޮޅުގައި ކުރިއަށްގެންގޮސްފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން އެ ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ ޅ. އަތޮޅު ހޮސްޕިޓަލާއި އެ އަތޮޅު ކައުންސިލާ ގުޅިގެންނެވެ. އެ ކޭމްޕްގައި ޓްރީޓޮޕް ހޮސްޕިޓަލުގެ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، ކަށީގެ ހާއްސަ ޑޮކްޓަރުންނާއި، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، އެންޑޯކްރިނޮލޮޖީ ޑޮކްޓަރުން އަދި ކިޑްނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ބައިވެރިވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޭމްޕްގައި ބަލިމީހުންނަށް ހެލްތު ސްކްރީނިން ހަދައިދިނުމުގެ އިތުރުން އެ ހެލްތު ކޭމްޕްގައި އިތުރު ފަރުވާ ބޭނުންވާ މީހުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސައިދެވުނު ކަމަށާއި އެ ކޭމްޕުގެ ހެލްތު ސްކްރީނިން ހިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި، ގިނަ ބަޔަކަށް ހިދުމަތް ފޯރުކޮށްދެވުނު ކަމަށެވެ.
އެ ހެލްތު ކޭމްޕުގައި ސިއްހީ މާހިރުންގެ ގޮތުގައި ބައިވެރިވީ ކޮންސަލްޓަންޓް ނެޕްރޮލޮޖިސްޓް ޑރ. މްލަޑެން ނޮޓެކް، އީއެންޓީ ސްޕެޝަލިސްޓް ޑރ. ޗަންދްރަޝޭކާ ރަވާލް، ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. އަމިތު އަގަރްވަލް، ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް ޑރ. އަނޫ އަގަރްވާލް، ކޮންސަލްޓެންޓް އޮތޯޕީޑިކް ޓްރާމާ ސާޖަން ޑރ. މުހައްމަދު ހަބީބް، ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. މޫސާ މަނިކު އިބްރާހިމް، ކޮންސަލްޓެންޓް އޮތޯޕީޑިކް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް އޮބްޓެޓްރިކްސް އެންޑް ގައިނެކޮލޮޖިސްޓް ޑރ. ޕްރީތީ ސޮލޮމަން އަދި ކޮންސަލްޓަންޓް އެންޑޯކްރިނޮލޮޖިސްޓް ޑރ. ބިނޫ ޕިއްލައި އެވެ..
ޅ. އަތޮޅުގައި ޓްރީޓޮޕް ހޮސްޕިޓަލުން އެ ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު