ހަންގޭރީގައި ކިޔަވަން ދޫކުރާ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ، ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ އަށް ސްކޮލާޝިޕާއި މާސްޓާސް ޑިގްރީއަށް 14 ސްކޮލާޝިޕްގެ އިތުރުން ޑޮކްޓޯރަލް ޑިގްރީ (ޕީއެޗްޑީ ނުވަތަ ޑީއެލްއޭ) އަށް ކިޔެވުމުގެ ތިން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފައެވެ.
- - ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނު ގަވައިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން
- - އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން
- - އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައި ނުވުން
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ސްކޮލާޝިޕްތަކަށް އެދޭނީ "މައިއެޑިޔު" ޕޯޓަލް (https://myedu.egov.mv/) އަދި ސްޓައިޕެންޑިއަމް ހަންގޭރި (https://stipendiumhungaricum.hu/) ވެބްސައިޓު މެދުވެރިކޮށް އަންނަ މަހުގެ 15ގެ ކުރިން ކަމަށެވެ. އެގޮތުން އޮންލައިން އެޕްލިކޭޝަން ފުރިހަމަވާނީ ސޭވް ކުރުމަށްފަހު ސަބްމިޓް ކުރުމުން ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު