އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ސްވިޒަލެންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ނައިބު ރައީސްގެ އެ ދަތުރުގައި މާދަމާއިން ފެށިގެން އޭގެ އަނެއް ދުވަހުގެ ނިޔަލަށް ބާއްވާ "ޔުނިވާސަލް ޑިކްލެރޭޝަން އޮން ހިދުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެ މުއާހަދާގައި ހިމެނޭ މަތީފަންތީގެ ހަރަކާތްތަކުގެ ތެރޭގައި އިންސާނީ ހައްގުތަކާ ބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތަށް ނައީބު ރައީސް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ރަސްމިއްޔާތުގެ ތެރެއިން ބާއްވާ "އިންސާނީ ހައްގުތަކުގެ މުސްތަގުބަލު، ތިމާވެށި އަދި މޫސުން" މި މައުލޫތަކަށް ބާއްވާ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އދ. ގެ އެކިއެކި މުައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސް ޖެނީވާއަށް ވަޑައިގަތީ ޗައިނާއަށް ކުރައްވާ ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިނުގަނެއެވެ. ޗައިނާގައި ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމެންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބް ރައީސް ޗައިނާއަށް ވަޑައިގެންނެވީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެ ދަތުރުފުޅުގައި ޗައިނާގައި ދިރިއުޅޭ ދިވެހިންނާވެސް ނައިބު ރައީސް ބައްދަލުކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު