ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ނުވަތަ އާބަންކޯގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބަދަލުތަކެއް ގެނެސްފިއެވެ.
ޕީސީބީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެޗްޑީސީގެ ބޯޑުގައި ތިއްބެވި މެމްބަރުން ވަކިކުރެއްވުމަށްފަހު، އާ މެމްބަރުން ބޯޑަށް އައްޔަންކޮށްފައިވާ ކަމަށެވެ.
- އާރިފް އަބްދުއްސަމަދު
- މުހައްމަދު ވިޝާމް
- އުލާ މުހައްމަދު ރަޝީދު
- އިބްރާހިމް ޔޫސުފްފުޅު
ޕީސީބީން ބުނީ އެޗްޑީސީގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އެ ބަދަލު ގެނެސްފައިވަނީ "ދައުލަތުގެ ވިޔާފަރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނު"ގެ ދަށުން ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު