އަތް ދޫކޮށްލައިގެން ބައިސްކަލު ދުއްވައި ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފިއެވެ.
އަލްބަޓްރާގެ ރޮބާޓް މޫރޭ ނަމަކަށް ކިޔާ މީހަކު ވަނީ އަތް ދޫކޮށްލައިގެން 81 މޭލަށް ބައިސްކަލު ދުއްވައިފައެވެ.
ދުނިޔޭގެ ރެކޯޑް ފޮތުން ވަނީ ރޮބާޓް، ފަސް ގަޑިއިރާއި 37 މިނެޓުތެރޭ 80.95 މޭލަށް އަތް ދޫކޮށްލައި ބައިސްކަލު ދުއްވުމުން އެއީ ރެކޯޑެއް ކަމަށް ބަލައި ރެކޯޑް ފޮތުގައި ހިމަނައިފައެވެ.
އެ ރެކޯޑަށްފަހު ރޮބާޓް ބުނީ، އޭނާ އަތް ދޫކޮށްލައިގެން ބައިސްކަލު ދުއްވަމުންދިޔަ އިރު، ފަޔަށް ވަރުބަލިވުމުން ފައި މަސާޖުކޮށްލުމަށް އަތް ބޭނުންކުރުމުން ދިޔަ ކަމަށާއި އެގޮތަށް ކަންތައް ކުރުމުން ގިނައިރު ވަންދެން ދުއްވުނު ކަމަށެވެ.
ރޮބާޓް ވަނީ އޭނާ އެ ރެކޯޑް ހެދުމަށް ގިނަ ދުވަސްތަކެއް ވަންދެން އެކަމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ