އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު އައިޝަތު ރަމީލާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުން އެ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ހަވާލުކޮށްފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، ރަމީލާ ވަނީ ހުސްވި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ. އެހެންވެ އެ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން އެ މިނިސްޓްރީ ހިންގަވާނީ ޣައްސާން ކަމަށްވެސް ބުނެފައިވެއެވެ.
ކެންސަރު ބަލި ޖެހިވަޑައިގެންފައިވާކަން ރަމީލާ ހާމަކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިދިޔަ ބުދަ ދުވަހު ކުރެއްވި އެ ޕޯސްޓުގައި ރަމީލާ ވިދާޅުވީ، ކެންސަރު މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށާއި އެހެންވެ ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު