ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޓޫރިސްޓު ހިދުމަތްތަކަށް ދޭ ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއިން 10 އެވޯޑު ހާސިލުކޮށްފިއެވެ.
މިއީ ދުނިޔޭގެ ޓުރިސްޓް އެވޯޑު ބޭއްވި 30 ވަނަ ފަހަރެވެ. މިދިޔަ ނޮވެމްބަރު މަހު ލަންޑަނުގައި ބޭއްވި އެ ހަފުލާގައި ދުނިޔޭގެ އެންމެ ކަމުދާ ޓޫރިސްޓު މަންޒިލުގެ އެވޯޑު ރާއްޖޭން ހާސިލުކޮށްފައިވާއިރު މިއީ ވިދިވިދިގެން ރާއްޖޭން މި އެވޯޑު ހާސިލުކުރި 4 ވަނަ އަހަރެވެ. އަދި ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑުގެ އެވޯޑު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ހާސިލުކޮށްފައިވާއިރު، މިދިޔަ އަހަރުވެސް އެ އެވޯޑު ހާސިލުކުރީ އެމްއެމްޕީއާރްސީންނެވެ.
- ވޯލްޑްސް މޮސްޓް ރޮމޭންޓިކް ރިސޯޓް 2023 - ބަރޮސް މޯލްޑިވްސް
- ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2023 - ޓްރާންސް މޯލްޑިވިއަން އެއާވޭސް
- ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން 2023 - މޯލްޑިވްސް
- ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2023 - ހުޅުލޭ އައިލެންޑް ހޮޓެލް
- ވޯލްޑްސް ލީޑިން ބުޓީކް އެއާޕޯޓް ހޮޓެލް 2023 - ހޮޓެލް ޖެން މާލެެ ބައި ޝަންގްރިލާ
- ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2023 - ޖޭއޭ މަނަފަރު
- ވޯލްޑްސް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް 2023 - ވައްކަރު މޯލްޑިވްސް
- ވޯލްޑްސް ލީޑިން ޕްރައިވެޓް އައިލެންޑް 2023 - ވެލާ ޕްރައިވެޓް އައިލެންޑް
- ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2023 - އެމަރޯލްޑް މޯލްޑިވްސް ރިސޯޓް
- ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު 2023 - މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ޚަބަރު
ޚަބަރު
ޚަބަރު