ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާ ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވަ ސަފީރު ޑޭވިޑް ޖަސެޕް މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ ދެ ބޭފުޅުން އެ މަޝްވަރާ ކުރެއްވީ ނައިބު ރައީސްގެ އަރިހަށް އިއްޔެ މެންދުރު ފަހު ޖަސެޕް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައި ކަމަށެވެ. އެގޮތުން ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދޭދޭ އަދި ބައިނަލްއަގުވަމީ ގުޅުންތައް ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި ކަމަށާއި ފަތުރުވެރިކަމާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން ތައުލީމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެއާ އޮންނަ ގުޅުމަކީ އޮސްޓްރޭލިއާއިން ވަރަށް އިސްކަމެއް ދޭ ގުޅުމެއް ކަމަށް އޮސްޓްރޭލިއާގެ ސަފީރު ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން އޮސްޓްރޭލިއާގައި ރާއްޖޭގެ ހައި ކޮމިޝަނެއް ގާއިމުކުރުމަކީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވި ކަމަށާއި ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރު ކުރުމަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ސުލްހަ މަސްލަންކަން ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށް ޖަސެޕް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު