އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު އައިޝަތު ރަމީލާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
މިނިސްޓަރު ރަމީލާ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް ކެންސަރު ބަލި ޖެހިފައިވާ ކަމަށާއި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. އެހެންވެ ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް ރާއްޖެއިން ބޭރަށް މިއަދު ފުރާ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.
"ވަރަށް ބަރު ހިތަކާ އެކު މި ވަގުތަށް އެންމެންނާ މި ވަކިވަނީ. ﷲގެ އިރާދަފުޅާ އެކު އަލުން ބައްދަލުވާނެ، އަޅުގަނޑަށް ހެޔޮދުއާ ކޮށްދިނުން އެދެން،" މިނިސްޓަރު ރަމީލާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓަރު ކަމަށް ޑރ. އައިޝަތު ރަމީލާ އައްޔަންކުރައްވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
ރަމީލާ ވަނީ މީގެ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާ ކުރައްވައިފައެވެ. އަދި ވަނީ އެވިޑް ކޮލެޖުގެ ޑީންގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
އޭނާ ވަނީ ނަރުހެއްގެ ގޮތުގައި ވެސް މީގެ ކުރިން މަސައްކަތް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު