ދުވަސްތަކަކަށް ފަހު ކޮވިޑަށް ޕޮޒިޓިވްވެގެން ރާއްޖޭގައި ކުޑަކުއްޖަކު އެޑުމިޓްކޮށްފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވެގެން ފަރުވާދެމުން އަންނަނީ ފަސް އަހަރުން ދަށުގެ ކުއްޖަކަށެވެ. އެ ކުއްޖާ އެޑްމިޓްކޮށްފައިވަނީ އައިޖީއެމްއެޗުގައެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުއްޖާއަށް ކޮވިޑު ޖެހިފައިވަނީ ބޭރުން އައި މީހެއްގެ ފަރާތުން ކަމަށާއި ހުރިހާ އެންމެންވެސް އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ރާއްޖެއިން 18،660 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އެ ބަލީގައި 316 މީހަކު މަރުވިއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ކޮވިޑު ޖެހިގެން ފަސް މީހަކު މަރުވެފައިވެއެވެ.