ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވޯޑް ޕޮއިންޓް ބޭނުންކޮށްގެން ގިފްޓް ވައުޗާ އާއި އެއާލައިން މައިލްސް ލިބޭގޮތް ހަދައިފިއެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަ "ބީއެމްއެލް ރިވޯޑްސް" ލޯޔަލްޓީ ޕްރޮގްރާމަށް އިތުރުކުރި ބައެއް ކަމަށެވެ. މި ބައިތައް އިތުރުކުރުމާ އެކު ރިވޯޑް ޕޮއިންޓު ބޭނުންކޮށްގެން މިހާރު ގަތަރު އެއާވޭސް އާއި އެއާ އޭޝިއާ އަދި ސްރީލަންކަން އެއާލައިންސް ފަދަ އެއާލައިންތަކުގެ މައިލްސް ހޯދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އަދި މާލޭގެ ގިނަ ރީޓެއިލް ފިހާރަތަކަކުން ވައުޗާ ލިބޭނެ ގޮތް ހަމަޖައްސާފައިވާ އިރު، މެންގޯ އާއި މިނީސޯ އާއި އެޑިޑާސް އަދި ސޮނީ ސްޕޯޓްސް ފަދަ ބްރޭންޑުތަކުގެ ފިހާރަތައް އޭގެ ތެރޭގައި ހިމެނެއެވެ.
އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓާކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް އަށް ރެޖިސްޓާ ކުރެވޭ އިރު، އެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ޕޮއިންޓު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ޕޮއިންޓުތައް ބޭނުންކޮށްގެން އެމޭޒަން އާއި ގޫގޫލް ޕްލޭ އަދި އެފަލް ފަދަ ބްރޭންޑުތަކުގެ ވައުޗާ ހޯދުމުގެ ފުރުސަތުވެސް ލިބެއެވެ.
ޚަބަރު
ޚަބަރު