މިސްކިތް ފަންޑަށް ފައިސާ ހޯދަން އިމާރާތްކުރާ ދެވަނަ ވަގުފު އިމާރާތުގެ މަސައްކަތް އަންނަ ޖެނުއަރީގައި ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މިސްކިތް ފަންޑު ތަރައްގީކޮށް އިތުރަށް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. ނަމަވެސް އަލަށް ހަދާ ވަގުފު އިމާރާތުގެ ތަފުސީލެއް ނުދެއްވައެވެ.
މާލެ އާއި ރަށްރަށުގައި މިސްކިތް އިމާރާތްކޮށް، އެ ތަންތަން މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަގުފު އިމާރާތެއް ފުރަތަމަ އިމާރާތް ކުރަން ފެށީވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޝަހީމްގެ މިނިސްޓަރުކަމުގައެވެ.
މާފަންނު މަދަރުސާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތް ކޮށްފައިވާ 10 ބުރީގެ އެ އިމާރާތް ރަސްމީކޮށް ހުޅުވީ 13 ޖެނުއަރީ 2017ގައެވެ. ދާރުލްއީމާންގެ ނަން ދީފައިވާ އެ އިމާރާތުން މިހާރުވެސް އަހަރަކު ހަ މިލިއަން ރުފިޔާ މިސްކިތް ފަންޑަށް ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު