ސޯޝަލް ކައުންސިލުގެ ފުރަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުން ބޭއްވީ އެ އޮފީހުގައި ކަމަށެވެ. އެ ކޮމިޓީގެ ޗެއާއަކީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ރައީސް މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރެއިން އިޖުތިމާއީ ދާއިރާގައި ހިމެނޭ ވައުދުފުޅުތަކާ ގުޅޭ ގޮތުން ކަމަށާއި އެގޮތުން، ޖުމުލަ 161 ވައުދުގެ ތެރޭގައި 61 ވައުދަކީ އިޖުތިމާއީ ދާއިރާގެ ތެރޭގައި ހިމެނޭ ވައުދުފުޅުތައް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ބައިދަލުވުމުގައި އެ ވައުދުފުޅުތައް އެކި ވުޒާރާތަކަށް ބެހިފައިވާ ގޮތް އެ ކޮމިޓީގައި ތިއްބަވާ ވަޒީރުންނާ ނައިބު ރައީސް ހިއްސާކުރެއްވި ކަމަށެވެ. އަދި ރައީސްގެ 14 ދުވަހުގެ ވައުދުފުޅުތައް ތަންފީޒު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލުމާތު ވަޒީރުން ހިއްސާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައިސް މުއިއްޒުގެ 100 ދުވަހުގެ ވައުދުފުޅުތައް ހިމަނުއްވައި "ހަފުތާ14" ފޮތް ނެރުނީ އެ މަނިކުފާނު ރައީސްކަމުގެ ހުވައި ކުރެއްވުމުގެ ކުރީންނެވެ. އެ ވައުދުފުޅުތަކުގެ ތެރޭގައި މިނިވަންކަމާއި ސިޔާދަތު، އިސްލާމްދީނައި ގައުމިއްޔަތު، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ، އިގުތިސޯދާއި ތިމާވެށި، އަންހެނުން ޒުވާނުން ފަންނިއްޔާތު ކުޅިވަރު އަދި ސިއްހީ ދުޅަހެޔޮކަމާއި އޯގަތެރި މުޖުތަމައު ސިޔާސަތުގެ އިތުރުން ތައުލީމާއި ތަމްރީނު ސިޔާސަތުގެ ދަށުން ކުރައްވާނެ ގިނަ ވައުދުތަކެއް ހިމަނައިފައެވެ. އަދި ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހުގެ ސިޔާސަތުގެ ވައުދުތައް ވެސް ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު