އިސްލާމީ މަރުކަޒުގެ އިސް އިމާމަކަށް ޝައިހް މުހައްމަދު ލަތީފް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝައިހް މުހައްމަދު ލަތީފަށް އިސްލާމީ މަރުކަޒުގެ އިސް އިމާމުކަމުގެ ލިޔުން އަރުއްވައިފައެވެ.

މި މަގާމަށް ލަތީފު އައްޔަން ކުރެއްވީ މިނިސްޓަރުގެ ފެންވަރުގައެވެ.

ޝައިހް ލަތީފަކީ މީގެ ކުރިންވެސް އިސްލާމީ މަރުކަޒުގެ އިސް އިމާމުކަން ކުރެއްވި ބޭފުޅެކެވެ.