ގައުމުތަކާ ރައްޓެހިކަން ބާއްވާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ ސިޔާދަތީ ރަތްރޮނގު ފިސާރި ފަލަކޮށް ދަމާލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްކަމުގެ ހުވާ ކުރައްވައި، ރައްޔިތުންނާ މުހާތަބުކުރައްވައި، ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ، ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރާނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށާއި އަބަދުވެސް ހުރިހާ ކަމެއްގައި ދިވެހި ރައްޔިތުން އިސްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެން ގައުމެއްގެ ބަޔަކު އަންނާނީ އޭގެ ފަހަތަށް. އަޅުގަނޑު ގައުމުތަކާ ރަހުމަތްތެރިވާނަން. ހަތުރުވެރިކަމެއް ހަސަދަވެރިކަމެއް ނުބާއްވާނަން. އަވައްޓެރިންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށް ވެސް އިހުތިރާމް ކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނަ ރަތް ރޮނގެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެން ގައުމުގެ މިނިވަން ކަމަށާއި އެ ގައުމުތަކުގެ ރަތް ރޮނގަށް ރާއްޖެއިން އިހުތިރާމް ކުރާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރަތް ރޮނގަށް ވެސް އެހެން ގައުމުތަކުން އިހުތިރާމް ކުރަންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަމުގައި ކުޑައެއް ބޮޑެއް ގާތެއް ދުރެއް ތަފާތު ވެގެންނުވާނެ. އިރާދަކުރެއްވިއްޔާ އެ ހައްގު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުސަތު ނުދޭނަން،" ރައީސް ވިދާޅުވިއެވެ.

ދިވެހިން އަންނަނީ ޒަމާނުއްސުރެ ރާއްޖެ މިނިވަންކަމުގެ މަތީގައި ބާއްވަމުން ކަމަށާއި ދިވެހިން ބޭނުންވަނީ ރާއްޖެ އަބަދުވެސް މިނިވަން ކަންމަތީ ބާއްވަން ކަމަށެވެ. އެހެންކަމުން ރީތި މިންގަނޑެއްގެ ތެރޭގައި ރާއްޖެއަކީ އެހެން ގައުމެއްގެ ސިފައިން ނެތް ގައުމަކަށް ހައްދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ގައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އެ މަނިކުފާނަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.