އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ 14 ހަފުތާގެ ތެރޭގައި ބޯހިޔާވަހިކަމަށް ހާއްސަ ޓްރަސްޓް ފަންޑެއް ގާއިމުކުރުމުގެ އޮނިގަނޑާއެކު ހައުސިން އެޕްލިކޭޝަން ޕޯޓަލެއް ގާއިމުކުރުމަށް ނިންމަވައިފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު "14ހަފުތާ" ނެރެދެއްވައިފައެވެ. އެ ފޮތުގައި ބޯހިޔާވަހިކަމާ ގުޅޭ ވައުދު ހިމަނުއްވާފައިވަނީ 14 ވަނަ ހަފުތާގެ ވައުދުގެ ގޮތުގައެވެ.
އެ ފޮތުގައިވާ ގޮތުން މުއިއްޒުގެ ސަރުކާރެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމަށް ހާއްސަ އެޕްލިކޭޝަނެއް ހުށަހަޅައި، އެ އެޕްލިކޭޝަންގައި ފުލެޓަށް ނުވަތަ ގޯއްޗަށް ކުރިމަތިލާ މީހުންގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް "ހައުސިން އެޕްލިޭޝަން ޕޯޓަލެއް" ތައާރަފުކުރާނެއެވެ.
އަދި ސިނަމާލެއާއި މާލެހިޔާ ފުލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް މުޅިން އާ ހައުސިން މަޝްރޫއެއް ހިންގުމަކީ ވެސް މުއިއްޒުގެ 100 ދުވަހުގެ ވައުދެކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން މުއިއްޒު އޭނާގެ މެނިފެސްޓޯ ލޯންޗުކުރުމަށް ހިޔާ ސަރަހައްދުގައި މިއަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވިދާޅުވެފައިވަނީ، ވެރިކަމުގައި އެންމެ އިސްކަން ދެއްވާނެ އެއް ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކަމަށެވެ. ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ ގިނަ ކަންކަމަށް ހައްލު ލިބެން ހުރީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްގެން ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި އޭނާގެ ސަރުކާރެއްގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުތަނުން ހައްލުކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު